މިހާރު ކުރިއަށްދާ ކޭންސް ފިލްމު ފެސްޓިވަލްގައި ބޮލީވުޑްގެ ޒުވާން ތަރި ޖާންވީ ކަޕޫރުގެ ފުރަތަމަ ފެނިލުމަށް އާއްމުންގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު ޖާންވީ ކޭންސްގެ ރެޑް ކާޕެޓަށް ދިޔައީ އޭނާގެ ކުރިއަށް އޮތް ފިލްމު "ހޯމްބައުންޑް"ގެ ކޯ އެކްޓަރުންނާ އެކު އެވެ.

އެހެން ނަމަވެސް އާއްމުންގެ ސަމާލުކަން ހުއްޓުނީ އެ ހަފްލާއަށް ޖާންވީ ބޭނުންކުރި ހެދުމަށެވެ. އެ ހަފްލާގައި އޭނާ ލައިގެން ހުރީ ރޯސް ފިޔާތޮށި ކުލައިގެ ސާރީ ހެދުމެކެވެ.

https://www.instagram.com/dietsabya/?utm_source=ig_embed&ig_rid=2e161e84-d199-4374-bd3a-69953f3e8382

އިންޑިއާގެ ސަގާފީ ހެދުން ކަމަށްވާ ސާރީއެއްގެ ގޮތަށް ފަހުގެ މޮޑިފިކޭޝަންތަކާއެކު ޑިޒައިން ކޮށްފައިވާ އެ ހެދުމަކީ ތަރުން ތަހިލިއާނީގެ ފަރުމާ އެކެވެ.

ޖާންވީގެ އެ ފެނިލުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާއާއި އޭނާގެ މަންމަ ސްރީދޭވީއާ އަޅާކިޔަމުންނެވެ. އެގޮތުން ޖާންވީ ބޭނުންކުރި ހެދުމާއި ސްރީދޭވީ ހެދުން އެޅި ގޮތާ އެއްގޮތް ކަމެއް ހުރި ކަމަށް ގިނަ ބަޔަކު ފާހަގަކުރި އެވެ.

އެހެން ކަމުން ޖާންވީގެ އެ ފެނިލުމަކީ އޭނާގެ މަންމައަށް ހާއްސަކޮށް ދިން ޓްރިބިއުޓެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ވެސް ބުނަމުންދެ އެވެ.

މަންމަގެ ފިޔަވަޅު މަތިން ޖާންވީ ވެސް ބޮލީވުޑަށް ނުކުމެ ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އޭނާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ.