ޑިންގީއެއްގައި ލޯންޗަކުން ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ޅ.ގާއެރި ފަޅުކައިރީ ފީނަން ނުކުމެ އުޅުނު ބައެއް ތިބި ޑިންގީ އެއްގައި ލޯންޗަކުން ޖެހި އެކްސިޑެންޓްވެފައިވާ މައްސަލަ ރޭ 12:33 ހާއިރު ހުށަހަޅާފައިވާކަމަށެވެ.
މި އެކްސިޑެންޓްގައި ޑިންގީގައި ތިބި 5 މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާކަމަށާއި އޭގެ ތެރެއިން އެކަކަސް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެ އެވެ.
އަނިޔާވީ 5 ދިވެހި ފިރިހެނުންނަށް ކަމަށާއި އެމީހުންނަށް ޅ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި އެކްސިޑެންޓްގައި ހިމެނޭ ޑިންގީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.