ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު ތަރި އެއްބާ ހާޑްއަށް އެއްމާބަނޑު ދެކުދިން ލިބުނުކަން އިއުލާން ކޮށްފި އެވެ.

އެމްބާއަށް އެއްމާބަނޑު ދެ ކުދިން ލިބުނުކަން އިއުލާން ކޮށްފައިވަނީ މައިންގެ ދުވަހާ ގުޅިގެން އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި އޭނާ ބުނީ މުޅި އުމުރުގައި އުއްމީދު ކޮށްގެން ހުރި ކަމެއް ހަގީގަތަކަށް ވުމަކީ ބުނެދޭން ނޭނގޭ ކަަހަލަ އިހުސާސްތަކެއް ކުރުވާ ކަމެއް ކަމަށެވެ.

އެއާއެކު އޭނާ ވަނީ އޭނާގެ ދެ ކުދިންގެ ނަން ވެސް ހާމަކޮށްފަ އެވެ. އަންހެން ދަރިފުޅަށް އިގްނެސް ކިޔާފައިވާއިރު ފިރިހެން ދަރިފުޅަށް ކިޔާފަނިވަނީ އޯޝަން އެވެ.

އުމުރުން 39 އަހަރުގެ އެމްބާ އިތުރަށް ބުނީ އޭނާގެ އާއިލާއަށް އިތުރުވި ދެ މެމްބަރުންނާއެކު އާއިލާ ފުރިހަމަ ވެފައިވާ ކަމަށެވެ. އެމްބާއަށް އޭނާގެ ފުރަތަމަ ދަރިފުޅު އޫނަގް ލިބިފައިވަނީ 2021 ވަނަ އަހަރު އެވެ.

2015 ވަނަ އަހަރުން ފެށިގެން 2016 އާ ހަމައަށް އެކްޓަރު ޖޯނީ ޑެޕްއާ ކައިވެނި ކޮށްގެން އުޅުމަށްފަހު އެމްބާ ވަނީ ޖޮނީއާއެކު ދިގު ގާނޫނީ ކޯޅުމެއްގައި އުޅެފަ އެވެ.