މިދިޔަ އަހަރު ކުއްލި ގޮތަކަށް މަރުވި މަޝްހޫރު ބޭންޑް "ވަން ޑިރެކްޝަން"ގެ ކުރީގެ މެމްބަރު ލިއަމް ޕޭންގެ ވާރުތަ މުދާ އޭނާގެ ދަރިފުޅަށް ލިބުމުގައި ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ލިއަމްގެ 8 އަހަރުގެ ދަރިފުޅު ބެއާއަށް 25 އަހަރު ފުރުމުގެ ކުރިން އޭނާގެ ބައްޕަގެ މުދާ މިލްކެއް ނުވާނެ އެވެ.

މި ނިންމުމަކީ ލިއަމްގެ ބައިވެރިޔާ އަދި ބެއާގެ މަންމަ ޗެރީލް ޓްވީޑީގެ ނިންމުމެކެވެ. ޗެރީލް ބުނީ އެއީ އޭނާގެ ދަރިފުޅުގެ ރައްކާތެރިކަމަށް ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން ބެއާ އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަން ކަމާއެކު ނިންމުންތައް ނިންމޭ ވަރު ވުމުން ލިއަމްގެ މުދާ ވާރުތަ ކުރުމުގައި މައްސަލައެއް ނެތް ކަމަށް އޭނާ ފާހަގަކުރި އެވެ.

ލިއަމް މަރުވިއިރު އޭނާގެ މިލްކިއްޔާތުގައި 28 މިލިއަން ޑޮލަރު ހުރި ނަމަވެސް އޭނާގެ ހަރަދުތަކާއި ދަރަނިތަކަށް ކެނޑުމަށްފަހު ބެއާއަށް ލިބޭނީ 24 މިލިއަން ޑޮލަރެވެ.

ލިއަމް މަރުވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާޖެންޓީނާގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އޭނާ ހުރި ހޮޓަލުގެ ބެލްކަންޏަކުން ވެއްޓިގެންނެވެ.