އިންސާނުންނަށް ވަގުތު 9 އިންސައްތައަށް ލަސްވާ ތަނެއް ހުރިކަން އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.
ސައިންޓިސްޓުން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ބައިވެރިވި ފަރާތްތަކަށް ސްޓޭޝަނަރީ ބައިސިކަލް ދުއްވުމަށްފަހު 30 ސިކުންތު ގުނަން އެންގުމުން، އެމީހުންގެ ގުނުން އަސްލު ވަގުތަށް ވުރެ 8-9 އިންސައްތަ އަވަސްވިކަން ފާހަގަކުރެވުނެވެ.
މި ނަތީޖާއިން ދައްކުވައިދެނީ ޖިމްގައި މަސައްކަތްކުރާއިރު މީހުންނަށް ގަޑިޖެހުން ލަސްވާކަމަށް ހީވާކަމެވެ. ނަމަވެސް މިއީ ހަމައެކަނި ނަފްސާނީ އިހްސާސެއް ނޫންކަން ދިރާސާއިން ހާމަވެ އެވެ.
ދިރާސާކުރި ފަރާތްތަކުން ބުނާ ގޮތުގައި، މި ހޯދުމުން އިތުރު ސުވާލުތަކެއް އުފެދިފައިވެ އެވެ. އޭގެ ތެރޭގައި މީހުންގެ އިހްސާސްތަކާއި ނަފްސާނީ ބަދަލުތަކުގެ އިތުރުން، ކަސްރަތުކުރާއިރު ހަށިގަނޑަށް އަންނަ ޖިސްމާނީ ބަދަލުތަކާ ބެހޭގޮތުން ސުވާލު އުފެދޭތީ، އެކަމާ ގުޅޭ އިތުރު ދިރާސާތައް ކުރަންޖެހޭ ކަމަށް ފާހަގަކޮށްފައިވެ އެވެ.
މި ދިރާސާއިން ދައްކުވައިދެނީ، އިންސާނުންގެ ހަށިގަނޑާއި ސިކުނޑި ވަގުތު ދެނެގަންނަ ގޮތުގައި ހުރި އުނިއިތުރުތަކެވެ. މިއީ ކުރިމަގުގައި އިތުރު ދިރާސާތަކަށް މަގުފަހިވާނެ ހޯދުމެކެވެ.