މިހާރު ކުރިއަށް ދާ އިންޑިއަން އައިޑޮލްގެ 12 ވަނަ ސީޒަން ހުށައަޅައިދޭ ހޯސްޓް، އަދިތްޔާ ނާރާޔަން އަދި އޭނާގެ އަންހެނުން ޝްވެތާ އަގަރްވާލް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އިންޑިއާގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ތަރިން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.އޭގެ ތެރޭގައި ދާދި ފަހުން އާލިޔާ ބަޓް، ކާތިކް އާރިޔަން، ސަންޖޭ ލީލަ ބަންސާލީ، ރަންބީރް ސިންގް އަދި ފާތިމާ ސަނާ ޝެއިހްވެސް ހިމެނެ އެވެ.
އަދިތްޔާ އާއި އޭނާގެ އަންހެނުން މިވަގުތު ތިބީ ހޯމް ކަރަންޓީނުގަ އެވެ.
އަދިތްޔާގެ ބަދަލުގައި އިންޑިއަން އައިޑޮލް ހޯސްޓުކުރުމާ ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ޖޭ ބަނުޝާލީ އާ އެވެ.
އަދިތްޔާގެ ގިނަ ފޭނުން ދަނީ އޭނާ އަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.
އާވާރާޕަން 2: ބަދަލު ހިފުމުގެ ރޫހާއެކު އިމްރާން ހަޝްމީ އަންނަނީ!
ދުނިޔޭގެ އެންމެ އަގުބޮޑު ބީޗްތަކުގެ ތެރޭގައި އދ. ދިގުރަށް
ފިޓްނަސް ކޯޗިން އިން އަޝަމްއަށް ލިބުނީ އާ ދިރުމެއް!
