ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ނުވަ ބަހާއަކަށް އާ ވެރިން ހަމަޖައްސައިފި އެވެ.

އެ ބަހާތަކުގެ ތެރޭގައި ހިމެނެނީ، އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް އާއި ޑްރަގް އެންފޯސްމަންޓާއި ގޭންގް ކްރައިމް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް އާއި ތިލަމާލެ ޕޮލިހާއި ޓްރެފިކް ޕޮލިސް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ އިތުރުން ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓުގެ އިތުރުން ޕްރޮޓެކްޓިވް ސެކިއުރިޓީއެވެ.

އަލަށް އައްޔަންކުރި ވެރިން

އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑަކަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު

ޑްރަގް އެންފޯސްމަންޓްގެ ހެޑަކަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް

ގޭންގް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސޮބާހް

ކައުންޓާ ނާކޮޓީކްސް އޮޕަރޭޝަންސްގެ ހެޑުގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު

ތިލަމާލެ ޕޮލިސްގެ ހެޑަކަށް, ކުރިން އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑުކަން ކުރެއްވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު

ޓްރެފިކް ޕޮލިސްގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް އިމްރާން

ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމްފުޅު

ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓްގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަހީމް

ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން

ފުލުހުން ބުނީ އެ މަގާމުތަކަށް ބަދަލު ގެނައީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު އިތުރަށް މަތިކުރުމަށް ކަމަށެވެ.

އެ މަގާމުތަކަށް އޮފިސަރުން އައްޔަނުކޮށް، ބަދަލު ގެނެސްފައިވަނީ މިއަދެވެ.