ރާއްޖޭގެ އުތުރުގެ ރަށެއްގައި ބަޔަކު 17 އަހަރުގެ ކުއްޖަކަށް އިތުބާރު ކުރެވޭ މަގާމެއްގައި ތިބި ބަޔަކު ގަދަކަމުން ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލައާ ގުޅިގެން މީޑިއާތަކަށް މިއަދު ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 20 ޖެނުއަރީގައި ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.
ކުއްޖާގެ އިތުބާރު ކުރެވޭ މަގާމުތަކުގައި ތިބޭ މީހުންގެ ތެރޭގައި އާއިލީ މެންބަރުން، ޓީޗަރުން އަދި އެހެނިހެން ބެލެނިވެރި މަގާމުތައް ހިމެނެ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރާއްޖޭގައި އާންމު އިރު، މިދިޔަ އަހަރު އެކަނި ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 200 އަށްވުރެ ގިނަ މައްސަލަ ކަމާގުޅުން ހުރި އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
ޕެންޝަން އޮފީހަށް އޮތް އިތުބާރު މުޅިން ވެއްޔާ މޮޑެވިއްޖެ: ޝާހިދު
ރައްޓެއްސަކާއެކު ހިނގާލުމުން ގިނަ ފައިދާތަކެއް!