ކަނޑުއަޑީގައި ފޮރުވި ހުރި އަގުބޮޑު ހަޒާނާތައް ހޯދަން ޗައިނާއިން ކަނޑުއަޑީގައި ތަހުގީގީ މަރުކަޒެއް އިމާރާތްކުރަން ފަށައިފި އެވެ.
މިއީ ކަނޑުގެ ފުންމިނުގައި 2،000 މީޓަރުގައި އިމާރާތްކުރެވޭ، ދުނިޔޭގެ އެންމެ ފުންމިނުގައި ހަދާ އެއް މަރުކަޒެވެ.
މި މަރުކަޒަކީ ބައިނަލްއަގުވާމީ ފަޒާއީ މަރުކަޒުގެ ތިން މޮޑިއުލްއާ އެއްވަރުގެ ބޮޑު އިމާރާތެކެވެ. މިފަދަ ބޮޑު އިމާރާތެއް ކަނޑުއަޑީގައި ހެދުމުގެ ބޭނުމަކީ އެތަނުގައި ވަޅުލެވިފައިވާ ގުދުރަތީ މުއްސަނދިކަމާއި އަގުހުރި މައުދަންތައް ހޯދުމެވެ. މި މަރުކަޒު އިމާރާތްކުރެވެނީ ސައުތު ޗައިނާ ސީގައި ކަމަށްވުމުން، އެ ސަރަޙައްދުގައި ހުރި ތެލާއި ގޭހުގެ ވަސީލަތްތައް ހޯދުމަށް މަގުފަހިވާނެ ކަމަށް ލަފާކުރެވެ އެވެ.
މި މަރުކަޒު އިމާރާތްކުރެވޭ ސަރަޙައްދަކީ ހައިޑްރޯތާމަލް ވެންޓްތައް ގިނައިން ހުންނަ ސަރަޙައްދެކެވެ. މި ވެންޓްތަކުން އަރާ ހޫނު ފެނުގައި އަގުހުރި މައުދަންތައް އެކުލެވިގެންވާ ކަމަށް އިލްމުވެރިން ބުނެ އެވެ.
އެނގިފައިވާ ގޮތުން، މި މަރުކަޒުގައި ދިގު މުއްދަތަކަށް މީހުން ދިރިއުޅެވޭނެ ނިޒާމެއް ގާއިމުކުރެވޭނެ އެވެ. އަދި މީގެ އިތުރުން، ކަނޑުއަޑީގައި ފައިބާ އޮޕްޓިކް ނެޓްވޯކެއް ގާއިމުކޮށް، އޮޓޯނޯމަސް ސަބްމެރީންތަކާއި އުޅަނދުތައް ބޭނުންކޮށްގެން ކަނޑުއަޑީގެ މައުލޫމާތު އެއްކުރެވޭނެ އެވެ. މީގެ ތެރޭގައި މެންގްޒިއަން ނަމަކަށް ކިޔާ، ބިމުގެ އެންމެ އަޑިއަށް ވަދެވޭ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ބޯޓެއް ވެސް ހިމެނޭ ކަމަށްވެ އެވެ.
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
ގައުމު ހަލަބޮލި ކުރުމަށް އުޅޭތީ ފާރަވެރިވާންޖެހޭ: ރައީސް މުއިއްޒު
