އައިޖީއެމްއެޗްގައި އެންމެ ތުއްތުކުދިންނަށް ފަރުވާދޭ އެންއައިސީޔޫ ތެރެއިން މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ބެކްޓީރިއާއެއް ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ ވަރަށް ބަލި މީހުންނަށް ފަރުވާ ދޭ ތަންތަނުގައި ބައެއް ފަހަރު މި ފަދަ ބެކްޓީރިއާތައް އުފަންވާ ކަމަށެވެ. މި ބެކްޓީރިއާ އާއްމު އެންޓި ބަޔޮޓިކަށް ނުގުޑަ އެވެ. އެހެންވެ، ނުރައްކާތެރި އިންފެކްޝަނަކަށް މަގު ފަހިވެ އެވެ.
ބެކްޓީރިއާ ދެނެގަނެވުމާއެކު އިތުރަށް ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި މި ބެކްޓީރިއާގެ ސަބަބުން އެއްވެސް ކުއްޖެއް އަދި ސިއްހީ ފަރުވާ ދޭ މީހަކު ބަލި ނުވާ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.
އެންމެންގެ ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ސޯޝަލް މީޑިއާއިން "ކާލާ ހިރަން"ގެ ޓީޒާ ނަގަން ކޯޓުގެ އަމުރެއް!
ސޫރީ ކްރޫޒްގެ ނަމުން ބައްޕަގެ ނަން އުނިކުރީ ކީއްވެ؟
"ބިޔޯން އަގެއިން" ޝޯ ނުބޭއްވޭނެކަން އަންގައިފި