އުރީދޫގެ މިދިޔަ ކުއާޓަރުގެ ސާފު ފައިދާ 166.8 މިލިއަން ރުފިޔާއަށް ދަށްވެއްޖެ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ގަތަރުގެ ކުންފުނީގެ ހިއްސާ މިހާ ބޮޑަށް ދަށްވީ ރާއްޖޭގެ އިގްތިސާދު ހީނަރުވެ އާއްމުން މުއާސަލާތަށް ކުރާ ހޭދަ ކުޑަވާން ފެށުމުންނެވެ.
ގަތަރުގެ ކިޔު ޓެލް އާއި އާއްމުންގެ ހިއްސާވާ އުރީދޫއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 166.8 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ އެ ކުއާޓަރުގައި 181 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އުރީދޫގެ މިދިޔަ ކުއާޓަރުގެ މާލީ އުސް އަލިތައް:
- ހިއްސާއަކަށް ފައިދާގެ ގޮތުގައި ޖެހިފައި ވަނީ 1.14ރ. އެކަމަކު މިދިޔަ އަހަރު 1.23ރ. ޖެހިފައިވޭ
 - ޖުމްލަ އާމްދަނީ ވަނީ 546.6 މިލިއަން ރުފިޔާއަށް ދަށްވެފައި
 - ހިންގުމުގެ ހަރަދު ބޮޑުވެ، އެ އަދަދު ވަނީ 272 މިލިއަނަށް އިތުރުވެފައި
 - ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 198.1 މިލިއަން ރުފިޔާއަށް ދަށްވެފައި.
 
			ކޮޅުވެއްޓި ހާދިސާ: އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
		
			ބޮލީވުޑް ތަރިންގެ މާޒީއަށް ނަޒަރެއް!
		
			ނޮވެމްބަރު 3 ގެ ހާދިސާގެ މައްޗަށް ބޮލީވުޑް ފިލްމެއް!