އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީއިން ބޭއްވި ޖަލްސާގައި ކީރިތި ގުރުއާން ކިޔެވުމުން ވެމްކޯގެ ހިތަދޫ ބްރާންޗްގެ މެނޭޖަރަކަށް ހުރި މޫސާ މުހައްމަދު ވަޒީފާއިން ވަކިކޮށްފި އެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް މާދަމާ މޭ ޑޭ ފާހަގަކުރާއިރު މިވަގުތު ވެސް މަސައްކަތްތެރިންނަށް ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް އެބައޮތް ކަމަށެވެ. އެގޮތުން އެމްޑީޕީއިން ހިތަދޫގައި ބޭއްވި ޖަލްސާގައި ކީރިތި ގުރުއާން ކިޔެވުމުން ވެމްކޯގެ މެނޭޖަރަކަށް ހުރި މޫސާ މުހައްމަދު އެވަނީ ވަޒީފާއިން ވަކިކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ފިކުރަށް ބަލައި ވަޒީފާތަކުން މީހުން ވަކިކުރަމުންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީއިން ހިތަދޫގައި ބޭއްވި ހަރުގެ ޖަލްސާގައި ކީރިތި ގުރުއާން ކިޔެވުމާ ގުޅިގެން ވެމްކޯގެ މެނޭޖަރަކަށް ހުރި މޫސާ މުހައްމަދު ވަޒީފާއިން ކަނޑާލައިފި. މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް މާދަމާ މޭ ޑޭ ފާހަގަކުރާއިރު މިވަގުތު މަސައްކަތްތެރިންނަށް ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް އެބައޮތް. ސިޔާސީ ފިކުރަށް ބަލައި ވަޒީފާތަކުން މީހުން ވަކިކުރަމުންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަތުމާ ދެކޮޅަށް މާދަމާ މުޅި ރާއްޖޭގައި އަޑު އުފުލުމަށް އެންމެހާ މަސައްކަތްތެރިންނަށް ގޮވާލަން." ފައްޔާޒް ވިދާޅުވިއެވެ.
މީގެކުރިން ވަނީ މާލޭގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ގުރުއާން ކިޔެވި އެޗްޑީސީގެ މުވައްޒަފަކު ވެސް ވަޒީފާއިން ވަކިކޮށްފަ އެވެ.
ފޯނުގެ "ބްލޫ ލައިޓް" އަކީ އަސްލު ނިދި ހަލާކުކޮށްލާ އެއްޗެއްތަ؟
ކުރީގެ މަޖިލިސް މެންބަރު ރާމިޒު އަވަހާރަވެއްޖެ
މޫސުން ގޯސްވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިއްޖެ
