މިމަހު އިމާމުންގެ މުސާރަ ލިބުން ލަސްވުން އެކަށީގެންވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިމާމުން ތިބޭ ގްރޫޕަކަށް މިނިސްޓްރީން ފޮނުވި މެސެޖެއްގައި ބުނީ އޭޕްރިލް މަހުގެ މުސާރަ ތައްޔާރުކުރަމުން ދަނިކޮށް ސިސްޓަމް އަށް ދިމާވި މައްސަލައަކާ ގުޅިގެން މިމަހުގެ އަތޮޅު އިމާމުންގެ މުސާރަ ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިއީ މީގެ ކުރިން ދިމާވި މައްސަލައެއް ނޫނެވެ.
މި މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް މުސާރަ ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިއާއެކު މިނިސްޓްރީން ވަނީ މިކަމުގެ ސަބަބުން އިމާމުންނަށް ދިމާވެދާނެ ދަތިތަކަކަށް މައާފަށް އެދިފަ އެވެ.
އިމާމުންގެ ތެރޭގައި އެލަވަންސް ލިބޭ އިމާމުންނާއި މުސާރަ ލިބޭ އިމާމުން ތިބޭއިރު މުސާރަ ލިބެނީ ދާއިމީ ގޮތުގައި ވަޒީފާގައި ތިބޭ އިމާމުންނަށެވެ.
މޫސާ ލަތީފާއި ދައުރު ނޫހާ ދެކޮޅަށް އަޒާން އަބުރުގެ ދައުވާކޮށްފި
ހަރަދު ކުޑަކުރުމަށް މޯދީގެ މޮޓޯކޭޑް ކުޑަކޮށްފި
ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ