ދުނިޔޭގެ ހުރިހާ މުސްލިމުންގެ ނަމުގައި ހިންދޫންނާއި އިންޑިއާގެ ރައްޔިތުންގެ ކިބައިން މަޝްހޫރު އެކްޓަރު ހީނާ ޚާން މައާފަށް އެދެފި އެވެ.
ހީނާ މި ބީދައިން ވާހަކަ ދައްކާފައިވަނީ ދާދި ފަހުން ކަޝްމީރުގެ ޕަހަލްގަމްގައި ދިރިއުޅޭ ހިންދޫންނަށް އަމާޒުކޮށް ހައްދު ފަހަނައަޅާފައިވާ ޖަމާއަތަކުން ދިން ހަމަލާއާ ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ.
ހީނާ ވަނީ އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ ހަމަލާގެ ސަބަބުން އޭނާއަށް ފުން ހިތާމައެއް ލިބިފައިވާ ކަމަށް ބުނެފަ އެވެ.
"މުސްލިމެއްގެ ގޮތުގައި ހުރެ ހިންދޫންނާއި އިންޑިއާގެ އެންމެހާ ރައްޔިތުންގެ ކިބައިން މައާފަށް އެދެން އަހަރެން ބޭނުން" ހީނާ ބުންޏެވެ.
މިދިޔަ ހަފްތާގައި ޕަހަލްގަމްއަށް ދިން ޓެރަރިސްޓް ހަމަލާގައި 26 މީހުން މަރުވެފައިވާއިރު 200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެ އެވެ.
ހީނާއަކީ ކަޝްމީރަށް އުފަން އެ ސަރަހައްދަށް ނިސްބަތްވާ އެކްޓަރެކެވެ. އޭނާ ގިނަ ބައެއްގެ މަގުބޫލުކަން ހޯދީ ސްޓާ ޕްލަސްއިން ދެއްކި "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" އިންނެވެ.
ސައްހަ ނޫން ކޯޓު އަމުރެއްގެ ދަށުން އީޝާގެ ބައްޕަ ހައްޔަރުކޮށްފި
ސުންނީ ނުވަތަ ޝީއާ މުސްލިމުންނޭ ކިޔަނީ ބައިބައި ކުރަން: މައުމޫން
ހިޔާރޯދިގޭގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި