އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން ގޯސްވުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވާން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކަޝްމީރުގެ ޕަހަލްގާމް ސަރަހައްދުގައި ހިނގި ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މިކަމާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެކުނު އޭޝިއާ އަށް ވަރަށް ބޮޑަށް އަސަރުކުރާނެ "ހަނގުރާމަ" އެއް އެ ދެގައުމުގެ ދެމެދުގައި ފެށިފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި އިގްތިސާދަށް އަތުވެދާނެ ނުރައްކަލަކަށް ތައްޔާރުވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން ދެ ގައުމުގެ ދެމެދުގައިވާ ބޯޑަރު ބަންދުކޮށް، ދެގައުމުގެ ދެމެދުގައި އޮތް ބައެއް އެއްބަސްވުންތަކަށް އަމަލުކުރުން މަޑުޖައްސާލާފައިވާއިރު، ޕާކިސްތާނުން ވަނީ އިންޑިއާގެ އެއާލައިން ތަކަށް އެގައުމުގެ ވައިގެ ސަރަހައްދު ވެސް ބަންދުކޮށްފަ އެވެ. އަދި ކަޝްމީރުގެ ބޯޑަރު ސަރަހައްދުގައި ރޭ ހަމަލާތަކެއް ބަދަލުކޮށްފައިވެ އެވެ.
އެ އުޅެނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވާން: އިމްރާން
"ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކޮށްގެން"
އިންތިހާބުގެ ޓައިމްލައިން ކަނޑަނާޅާތީ އެމްޑީން ކަންބޮޑުވެއްޖެ