ޒުވާނުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާދޭ ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި ހުރި ދާއޫދު އަހުމަދު އެ މަގާމުން ވަކިކޮށް، އޭނާ ރައީސް އޮފީހުގައި އަދާކުރަމުން މަގާމުން ވެސް ސަސްޕެންޑް ކޮށްފި އެވެ.
މަސްތުވުމާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ދާއޫދު މަގާމުން ވަކިކުރިކަން ހާމަކޮށްފައި ވަނީ ރައީސްގެ ތަރުޖަމާނު ހީނާ ވަލީދު އެވެ. ހީނާ ވިދާޅުވީ ޒުވާނުންގެ ކޮމިޓީން ދާއޫދު އިސްތިއުފާ ދިނުމަށް ހުށަހަޅާފައިވާތީ ރައީސް މުހައްމަދު މުއިއްޒު އޭނާ މިއަދު އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ހަމައެއާއެކު ދާއޫދު ރައީސް އޮފީހުގައި އަދާކުރަމުން ދިޔަ ގެންދިޔަ އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން ވެސް މިއަދުން ފެށިގެން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ދާއޫދުގެ އިތުރުން ހަމަ މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު އިޒްދިޔާން މުހައްމަދު މައުމޫން ވަނީ ރައީސް އޮފީހުގައި އޭނާ އަދާކުރަމުން ގެންދިޔަ އަންޑަ ސެކްރެޓަރީ ފޯ ސްޓެރެޓެޖިކް ކޮމިއުނިކޭޝަން ގެ މަގާމުން ވަކިކޮށްފަ އެވެ.
ސޯޝަލް މީޑިއާއިން "ކާލާ ހިރަން"ގެ ޓީޒާ ނަގަން ކޯޓުގެ އަމުރެއް!
ސަފާރީއަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް ބީއެމްއެލް އިން
"ބިޔޯން އަގެއިން" ޝޯ ނުބޭއްވޭނެކަން އަންގައިފި