ހދ. ކުޅުދުއްފުށީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލްނުވެ އެއާޕޯޓު ފެންސުގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ރޭ 11:41 ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް އެކްސިޑެންޓުގައި ޕިކަޕަށް ވަނީ ގެއްލުންވެފަ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ކުޅުދުއްފުށި އެއާޕޯޓު ޓާމިނަލް ކައިރިން އިރަށް ގޮސް ކުޅި ކައިރިން ލަނބާލާ ކަންމަތި ގައި ޖެހިގެން ކަމަށާއި އެކްސިޑެންޓްގައި އެއާޕޯޓު ފެންސްއިން ގާތްގަނޑަކަށް 75 ފޫޓު އަރި އަޅާލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ޕިކަޕް ދުއްވަން އިނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތް 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާ މި ޕިކަޕް ޓޯކޮށް މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ މައްސަލަ ހައްލުކުރަނީ
ގޭމް ކުޅުންތެރިންނަށް ހާއްސާ ގޭމްއޮން އެޑްއޮންތަކެއް