ރާއްޖޭގައި މަސްތުވާތަކެއްޗާއި ކޮރަޕްޝަނުގެ މައްސަލަ ގޯސްވެފައިވާ މިންވަރާ މެދު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ލިޔުއްވަމުން އުމަރު ވަނީ މަސްތުވާތަކެއްޗަށާއި، ކޮރަޕްޝަންގެ މައްސަލަތަކަށް ހައްލު ގެންނަންޖެހޭ ކަމަށް ލަފާދެއްވާފަ އެވެ.
"ޤައުމެއްގެ ގޮތުން އަހަރެމެން ފެއިލްވެއްޖެ ނޫންތޯ؟ މި ގައުމުން އެޑްރެސް ކުރަންޖެހޭ ދެ ކަމެއް އެބައޮތް: މަސްތުވާތަކެއްޗާއި ކޮރަޕްޝަން،" އުމަރު ލިޔުއްވި އެވެ.
އެކްސްގައި އޭނާ ކުރައްވާފައިވާ ޕޯސްޓާއެކު، ގަހެއް ކައިރީގައި ބަޔަކު އޮށޯވެފައި އޮތް ފޮޓޯއެއް ވެސް ހިއްސާކޮށްފައިވެ އެވެ. މި ފޮޓޯއިން ދައްކުވައިދެނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ހާލަތު މިހާރު ގޮސްފައިވާ ހިސާބެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރުއަކީ، މީގެ ކުރިން ވެސް މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތި ޓްރެފިކް ކުރާ މީހުންނާ ދެކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓްކަން އިއުލާން ކުރުމަށްފަހު ވެސް، އުމަރު ވަނީ އޭނާގެ ވެރިކަމުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދޭނެ ކަމަށް އިއުލާންކޮށްފަ އެވެ. މީގެ އިތުރުން، އުމުރު ދުވަހުގެ ހުކުމް ތަންފީޒުކުރަމުންދާ އެންމެހާ ކުށްވެރިންނަށް ވެސް މަރުގެ އަދަބު ދެވޭނެ ކަމަށް އުމަރު ވިދާޅުވެފައިވެ އެވެ.
ހެދުން އެޅުމުގައި ނިއުޓްރަލް ކުލަތައް ބޭނުން ކުރެވިދާނެ ގޮތްތައް!
ހުޅުމާލެ ފޭސް 3ގެ ގުރުއަތުުލުން ފަށައިފި
3،984ރ. ގައި ހުރި ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދިއްޖެ
