ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނީ މިދިޔަ ބުދަދުވަހު ކަނޑުމަގުން ރާއްޖެއައި ޝިޕްމަންޓެއް ބަލާ ފާސްކުރުމަށް މިއަދު ފަތިހު ހިންގި އޮޕަރޭޝަނެއްގައި ބަރުދަނުގައި ޖުމްލަ 3.534 ކިލޯ ގްރާމް ހުރި މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
މިގޮތުން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 1،086 ގްރާމް ކެޓަމިން އާއި 2،138 ގްރާމް މެތަމްފެޓަމިން އާއި 310 ގްރާމް ހެރޮއިން ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ. އަދި އަތުލައިގަތް މިމަސްތުވާތަކެތި މަގުމަތީ އަގު ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމްސްއިން ބުނެ އެވެ.
މިމައްސަލަ އިތުރަށް ތަހުގީގުކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުނެ އެވެ.
ރައްޓެއްސަކާއެކު ހިނގާލުމުން ގިނަ ފައިދާތަކެއް!
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައި ގެއްލުންތަކެއް
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް