ފާއިތުވި ދެ ދުވަހު މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވުމާއި ގުޅިގެން ސަރުކާރު ހޮސްޕިޓަލްތަކުގެ އައުޓް ޕޭޝަންޓުގެ ހިދުމަތް (އޯޕީޑީ) މިއަދު ބަންދުކޮށްފި އެވެ.
ބަންދުކޮށްފައިވަނީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލްގެ އޯޕީޑީ އެވެ.
އައިޖީއެމްއެޗުން ބުނީ އޯޕީޑީ ބަންދުވިނަމަވެސް އެ ހަތަރު ހޮސްޕިޓަލްގައި ވެސް އައިޕީޑީގެ ހިދުމަތް ދެމުންދާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ސަރުކާރުން ހިންގާ ތިން ހޮސްޕިޓަލްގެ އޯޕީޑީ ބަންދުކުރީ ހޮސްޕިޓަލް ސަރަހައްދުގައި ފެން ބޮޑުވެފައިވާތީ ބަލި މީހުން އެ ތަންތަނަށް ދިއުމުގައި ތަކުލީފަކަށް ވާނެތީ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލެ މަގުތަކުގައި ފެންބޮޑުވެފައިވާ އިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭވެހި، ވައި ބާރުވެ، ކަނޑު ގަދަވެފައިވާނެ ކަމަށް ލަފާކޮށްފަ އެވެ.
އެމެރިކާއިން އަލުން ހަމަލާ ދޭނަމަ ރައްދު ވަރުގަދަވާނެ: އީރާން
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި
ކަނޑުއޮޅިން އެމެރިކާއާއި އިޒްރޭލުގެ ބޯޓުތައް މަނާކުރާ ގާނޫނެއް