ޖޭއެސްސީގައި އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރައްވައި ޔަޒްމީދު މުހައްމަދު އެ މަގާމަށް މިިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައި ސަމީރު ޖޭއެސްސީއަށް އައްޔަނުކުރީ ނޮވެމްބަރު 23، 2023 ގަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔަޒްމީދު ވަނީ ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާ ކުރައްވާފައެވެ. އޭނާއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ޔަޒްމީދަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިނގިލި ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ އޭސީސީގެ މެންބަރުކަން ވެސް މީގެކުރިން ކުރައްވާފައެވެ.
އެ އުޅެނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވާން: އިމްރާން
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ
ގުދުރަތީ ގޮތުން ވެސް ބުމަ ރީތި ކުރެވިދާނެ!
