ބައިނަލްވަގްވާމީ ޖައްވީ މިޝަންއެއްގައި ބައިވެރިވާ އެންމެ ފުރަތަމަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް އިނގިރޭސި ވިލާތުގެ ރައްޔިތަކު ހޮވިއްޖެ އެވެ.
ޕެރަލިމްޕިކްސްގައި އިނގިރޭސި ވިލާތާއި އަޔަލޭންޑް ތަމްސީލު ކޮށްދީފައިވާ ޖޯން މެކްފޯލް ވަނީ ޖައްވީ ދަތުރުގައި ބައިވެރިވާން ހަދަންޖެހޭ މެޑިކަލް ޓެސްޓުތަކުން ފާސްވެފަ އެވެ.
އެއާއެކު އޭނާ ވެގެންދާނީ ޖިސްމާނީ ނުކުޅެދުންތެރިކަމަކާއެކު ޖައްވީ މިޝަންއެއްގައި ބައިވެރިވާ ފުރަަތަމަ އެސްޓްރޮނޯޓަށެވެ. ޖޯން ހޮވާފައިވަނީ ޖައްވީ މިޝަންއެއްގައި ބައިވެރިވާން ނަން ނޯޓު ކޮށްގެން ތިބި އޭނާ ފަދަ މީހުންގެ ތެރެއިންނެވެ.
ޖޯން ބައިވެރިވާ ޖައްވީ މިޝަން އޮންނާނީ ކޮން އިރަކު ކަމެއް މިވަގުތު ނޭނގުނަސް މިއީ ފެށުމެއް ކަމަށް ޖޯންގެ ޓެސްޓުތައް ހެދި އިދާރާއިން ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ޖޯން ބުނެފައިވަނީ މިއީ ހަމައެކަނި އޭނާއަށް ލިބުނު ކާމިޔާބެއް ނޫން ކަމަށާއި މިކަމުން އޭނާ ފަދަ އެހެން މީހުންނަށް ވެސް ލިބުނު އާ އުއްމީދެއް ކަމަށެވެ.
ޖޯންގެ މި ކާމިޔާބީއާއެކު ބައިނަލްއަގްވާމީ ޖައްވީ ދަތުރުފަތުރުގެ ތާރީހުގައި މުޅިން އާ ސަފްހާއެއް ލިޔެވޭނެ ކަމަށް މާހިރުން ބުނެ އެވެ.
ޔަހޫދީންގެ ހަމަލާތަކުގައި އީރާނުގެ 210 ކުޑަކުދިން މަރުވެފައިވޭ
އައްޑޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ
ސްޕައިޑަމޭން: ނުރައްކާތެރި އިންޒާރަކާއި ވަރުގަދަ ކުރިމަތިލުމެއް!