މާލޭގެ އާޓިފިޝަލް ބީޗުގައި ރޭ މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރު ކުރި އިންޑިއާގެ ތިން މީހުން ޑީޕޯޓު ކުރުމަށް އިމިގްރޭޝަނުން ނިންމައިފި އެވެ.
އާޓިފިޝަލް ބީޗްގައި ރޭ ހިންގި މި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ތިން މީހުންނެވެ. ފުލުހުން ބުނީ އެ މާރާމާރީ ހިންގި މަންޒަރު ވީޑިއޯކުރި ދިވެއްސަކަށް ވެސް އެ މީހުން ހަމަލާދިން ކަމަށެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިރޭ 'އެކްސް'ގައި ވިދާޅުވީ އިއްޔެގެ މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ތިން ބިދޭސީން މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެ އެންމެން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިދިޔަ މަހު ވެސް ބިދޭސީންގެ ބަޔަކު އާޓިފިޝަލް ބީޗްގައި މާރާމާރީ ހިންގާފައިވެ އެވެ. އެ މީހުންނާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
			"ކަލް ހޯ ނަ ހޯ"ގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކޮށްފި
		
			ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާ ހުޅުވައިފި
		
			"ބާލީ" ފެނުން ސިއްހަތަށް އެތައް ފައިދާތަކެއް!
		
								
								