ދިވެހިރާއްޖެއިން ފަލަސްތީނަށް މިއަހަރުވެސް 50،000 ޑޮލަރު އެހީގެ ގޮތުގައި ދިނުމަށް ނިންމައިފި އެވެ.
މިގޮތަށް ނިންމާފައި ވަނީ، ބުދަ ދުވަހު ބޭއްވި 'އަންރުވާ ޕްލެޖިން ކޮންފަރެންސް'ގެ ތެރެއިންނެވެ.
އދ. ގެ މައި މަރުކަޒުގައި ޖުލައި އެއްވަނަ ދުވަހު ކުރިއަށް ދިޔަ މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން މި ނިންމުން އިއުލާން ކުރެއްވީ، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.
އެ ކޮންފަރެންސްގައި ވާހަކަދައްކަވަމުން އަލީ ނަސީރުގެ ވިދާޅުވީ މިއީ ހަމައެކަނި ފައިސާގެ އެހީއެއް ނޫން ކަމަށާއި، މިއީ އިންސާނީ ކަރާމާތާއި ބައިނަލްއަގްވާމީ ގަވާއިދުތައް ނެގެހެއްޓުމަށް ރާއްޖެއިން ކުރާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އަންރުވާއާ ދެކޮޅަށް ކުރިމަތިވަމުންދާ ދޮގު ތުހުމަތުތަކާއި ގޮންޖެހުންތަކުން އަރައިގަނެ، އެ އެޖެންސީގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މުޅި ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހަމައެއާއެކު 1948 ވަނަ އަހަރު އދ. ގެ ގަރާރަކުން އުފެއްދި 'އަންރުވާ' އަށް ރާއްޖެއިން މީގެކުރިން ކޮންމެ އަހަރަކު ދެމުން އައީ 5،000 ޑޮލަރެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތާމަވެރި އިންސާނީ ކާރިސާއިން އަރައިގަތުމަށް އެހީވުމުގެ ގޮތުން، 2024 ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރުން ވަނީ މި އެހީގެ މިންވަރު 50،000 ޑޮލަރަށް އިތުރުކޮށްފަ އެވެ.
މިއީ އާބާދީގެ ގޮތުން ކުޑަ ގައުމެއް ނަމަވެސް، ފަލަސްތީނުގެ ހައްގުތައް ކަށަވަރުކުރުމަށް ބައިނަލްއަގްވާމީ އެކި މައިދާންތަކުގައި ރާއްޖެއިން ކުރަމުންދާ ވަކާލާތާއި، ދިވެހިން އަބަދުވެސް ފަލަސްތީނާއެކު ސާބިތުކަމާއެކު ތިބިކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.
ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން އެވޯޑު ބީއެމްއެލްއަށް
"ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު އެމްއައިބީ އަދި އެލައިޑަށް
ކްރިޕްޓޯ އާމްދަނީގެ ގޮތުގައި ޓްރަމްޕަށް 1.4 ބިލިއަން ޑޮލަރު