އުނަގަނޑާއި އަރިކަށީގައި ރިއްސުމަކީ މިހާރަކަށް އައިސް ވަކި އުމުރެއް ނެތި ގިނަ ބައެއްގެ ޝަކުވާ އެކެވެ. މިއީ އުމުރާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ކަންކަމެވެ.
ބައްޔެއްގެ ސަބަބުން ނޫން ގޮތަކަށް އަރިކަށްޓާއި އުނަގަނޑުގައި ރިއްސާ ރިއްސުމަށް ވަރަށް ފަސޭހަ އަވަސް ހައްލެއް މާހިރުން ބުނެދީފައިވެ އެވެ.
މިކަމަށް އޮތް އެންމެ ފަސޭހަ ހައްލަކީ ހިނގުން ކަމަށް ސައިންސްވެރިން ބުނެ އެވެ. ދުވާލަކު މަދުވެގެން 30 މިނެޓެއްހާއިރު ހިނގުމަކީ ހަށިގަނޑުގެ އެކި ކަހަލަ ތަދުތައް ފިލާ ކަމެކެވެ.
މިގޮތަށް ހިނގާއިރު ކޮންމެހެން ކަސްރަތަށް ހިނގަން ނުޖެހޭ ކަމަށް ވެސް ސައިންސްވެރިން ބުނެފައިވެ އެވެ. އާދައިގެ ހިނގުމެއްގައި ވެސް އެކަން ކުރެވިދާނެ އެވެ.
ހިނގުމަކީ އަގުހެޔޮ ހަށިގަނޑަށް ބޭނުންވާ ކަސްރަތު ލިއްބައިދޭ ކަމަކަށްވާއިރު އެކަން ނުކުރަންވީ ސަބަބެއް ހަމަގައިމު ވެސް ނެތެވެ.
އެހެން ކަމުން އާއްމުކޮށް ދާ އޮފީހަށާއި އެނޫން ތަންތަނަށް ސައިކަލުގައި ދިއުމުގެ ބަދަލުގައި ހިނގާފައި ދިއުމަކީ އުނަގަނޑާއި އަރިކަށްޓަށް ލިބިދާނެ ލުއިފަސޭހަ އެކެވެ.
އޭޝިއާ ސަރަހައްދުގައި ސައިބާ ކުށްތައް އިންތިހާއަށް އިތުރުވަނީ
މެސީގެ ރެކޯޑް ހެޓްރިކާއެކު އާޖެންޓީނާއަށް ރަނގަޅު ފެށުމެއް
ވަގަށް ގެނައި ހާހަކަށް ވުރެ ގިނަ ވޭޕް އަތުލައިގެންފި