އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށް ވެވޭނީ އީފާސް މެދުވެރިކޮށް ފޯމް ހުށަހެޅުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ އޮޅުވާލައިގެން ޕާޓީތަކުގެ ދަފްތަރުގައި މީހުން ރަޖިސްޓްރީކުރުން ނިމުމަކަށް ގެނެވޭނީ އީ-ފާސް މެދުވެރިކޮށް ޑިޖިޓަލްކޮށް ފޯމު ހުށައަޅައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކޮމިޝަންގެ ގިނަ ހިދުމަތްތަކަކަށް އީ-ފާސް މެދުވެރިކޮށް އެދެވޭ ގޮތް ހެދުމުން ނޭނގި ރީ-ރަޖިސްޓްރީކުރުންފަދަ އެތައް މައްސަލައެއް މީގެކުރިން ހައްލުކުރެވިފައިވާ ކަމަށެވެ.
"100 އިންސައްތަ ޔަގީންކަން ދެން އެއްވެސް ރައްޔިތެއްގެ ނަމުގައި އޮޅުވާލައިގެން ފޯމު ހުށަހެޅުމުގެ ދޮރު ބަންދުވާނެ އީ-ފާސްގެ ސަބަބުން. ވެރިފައިޑް އެކައުންޓަކުން ނޫން ގޮތަަކަށް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ދެން ނުވެވޭނެ. ބަޔޯމެޓްރިކް ޑޭޓާ އާއި އައިޑީކާޑު ވެރިފައިޑް އެކައުންޓަކުން ނޫން ގޮތަކަށް ޕާޓީ މެންބަރަކަށް ނުވޭނެ." ހަސަން ވިދާޅުވި އެވެ.
މިހާރު ހުށަހަޅާ ކަރުދާސް ފޯމު ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 30 ވަނަ ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.
އީ ފާސް މެދުވެރިކޮށް ޕާޓީތަކަށް ވަދެވޭގޮތް ހެދީ ގިނަ ބަޔަކަށް ނޭނގި އެ މީހުން ވެރިކަންކުރާ ޕީއެންސީއަށް ވެއްދި މައްސަލަތަކެއް ފެންމަތިވެ ގިނަ ބައެއްގެ ނުރުހުމާއި ރުޅިވެރިކަން ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަނަށް އަމާޒުވުމުންނެވެ.
			ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
		
			ހެއިޑީގެ މި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން!
		
			މީގެ ކުރިން ނަސްރުގެ ދުވަސް ފާހަގަކުރަމުން އައީ އާދައިގެ ގޮތަކަށް
		
								
								
					
					
					
					
					
					
					
					
					
					
					
ރަންގަޅު ނިންމުމެއް