މިފަހަކަށް އައިސް ބޮލީވުޑްގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ޓްރިޕްތީ ޑިމްރީ "އާޝިގީ 3"އިން ބޭރުކޮށްލި ހަބަރު ވެގެން ދިޔައީ ގިނަ ބަޔަކު ހައިރާން ކުރުވި ހަަބަރަކަށެވެ.
ކާތިކް އާރްޔަންއާއެކު ޓްރިޕްތީ ފެންނަން އޮތް އެ ފިލްމުން އޭނާ ބޭރުކޮށްލި ވަކި ސަބަބެއް އެ ފިލްމުގެ ޕްރޮޑިއުސަރުން ހާމަކޮށްފައި ނުވި ނަމަވެސް އެކަމާ ބެހޭގޮތުން އެކި ކަހަލަ ވާހަކަތައް މީޑިއާގައި ދެކެވެމުންދެ އެވެ.
އެގޮތުން އެ ފިލްމުން އޭނާ ބޭރުކޮށްލީ ފިލްމުގެ ލީޑު ރޯލަށް ޕްރޮޑިއުސަރުން ބޭނުންވީ މައުސޫމު މޫނެއް ކަމަށްވެފައި މީގެ ކުރިން ޓްރިޕްތީ ކުޅެފައިވާ ފިލްމުތަކުގެ ސަބަބުން އާއްމުންގެ މެދުގައި އޭނާއާމެދު ދެކެވިފައިވާ އޮތް ގޮތް ގޯސްވުމުން ކަމަށް ހަބަރުތައް ބުނެ އެވެ.
މީގެ ކުރިން "އެނިމަލް"އާއި "ބޭޑްނިއުސް" ފަދަ ފިލްމުތަކުގައި ޓްރިޕްތީ ކުޅެފައިވަނީ ވަރަށް ހުރިހާ އުމުރުފުރައަކާ ނުގުޅޭ ފަދަ ރޯލުތަކެކެވެ.
މިކަމާ ބެހޭގޮތުން ފިލްމުގެ ޑިރެކްޓަރު އަނޫރާގް ބާސޫއާ ސުވާލު ކުރެވެމުން އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ. އެހެން ނަމަވެސް ފިލްމުން ޓްރިޕްތީ ބޭރުކުރެވުނު ސަބަބެއް އޭނާ ނުބުނެ އެވެ.
"އާޝިގީ 3"އިން ލިބުނު ފުރުސަތު ގެއްލުމުން މިހާރު ޓްރިޕްތީ ކުރަމުން އަންނަނީ ވިޝާލް ބާރަދްވާޖްގެ "އަރުޖުން އުސްތާރާ"ގެ މަސައްކަތެވެ.
ވިއްސަކަށް އަހަރުގެ ހިދުމަތަށް ފަހު ފަނޑިޔާރު މާހިރު ރިޓަޔާކުރަނީ
ސަމާލުވޭ! ނޭނގި ހުރެ ވެސް ހަށިގަނޑުން ފެން މަދު ވެދާނެ!
ތެޔޮ ގަންނަން އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި