މަސްތުވާތަކެއްޗާއެކު ޒުވާނަކު އަތުލައިގަތުމުން އެއީ އޭނާގެ ބައްޕަގެ އެއްޗެތި ކަމަށް ބުނެފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މުހައްމަދު ރިޝްވާން ނައީމް 23، އެވެ. ރިޝްވާން އަތުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ބައްޕަގެ އެއްޗެހި ކަމަށް އޭނާ ބުނި ނަމަވެސް ބައްޕަ އެކަން ދޮގު ކުރެ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރަން އެ ކޯޓުން ވަނީ އަމަރު ކޮށްފަ އެވެ.
ރިޝްވާން އަތުން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެތިކަން ހާމަކޮށްފައިނުވާއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ތަކެތިކަމަށް ބެލެވޭ ތަކެތިވެސް ފެނިފައިވާކަމަށް މައްސަލައިގެ އައިއޯ ބުނެފައިވެ އެވެ.
ފުވައްމުލަކާއި ފޯޅަވަހި: ހިތާއި ހިތުގެ ގުޅުމެއް
ތަރުކާރީ ކެއުމުގައި މިކަމަށް ސަމާލުވާތި!
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ