އަލްބޭނިއާގައި އެއް އަހަރުވަންދެން ޓިކްޓޮކް މަނާކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު އެޑީ ރާމާ ނިންމަވައިފި އެވެ.
މި ފިޔަވަޅު އެޅުއްވުމަށް ބޮޑު ވަޒީރު ނިންމަވާފައި ވަނީ ޓިކްޓޮކްގެ ސަބަބުން ކުޑަކުދިންގެ މެދުގައި މާރާމާރީ އާއި ގަނާކުރުން އިތުރުވެ، 14 އަހަރުގެ ކުއްޖެއް އެ ގައުމުގައި މަރާލި ހާދިސާއާ ގުޅިގެންނެވެ.
ހަމަލާދީ މި ކުއްޖާ މަރާލާފައި ވަނީ އެނާގެ ސްކޫލް ކުއްޖެކެވެ. ދެކުދިންގެ މެދުގައި މައްސަލަ ޖެހުނީ ޝޯސަލް މީޑިއާގައި ހިނގި ދެބަސްވުމަކަށް ފަހު އެވެ.
ނަމަވެސް މި ދެކުދިންގެ ޓިކްޓޮކް އެކައުންޓެއް ހުރި ކަމުގެ އެއްވެސް ހެއްކެތް ނެތް ކަމަށް ޓިކްޓޮކުން ވަނީ ބުނެފަ އެވެ. މި ހާދިސާއަށް ފަހު ކުޑަކުދިންނަށް ސޯޝަލް މީޑިއާގެ ސަބަބުން ކުރާ ނޭދޭ އަސަރުގެ މައްސަލަ އަލްބޭނިއާގައި ވަނީ ހޫނުވެފަ އެވެ.
ބޮޑުވަޒީރުގެ ނިންމެވުމާ ދެކޮޅަށް އަލްބޭނިއާގެ އިދިކޮޅު ޕާޓީއިން ވަނީ އަޑުއުފުލާފަ އެވެ. އަދި މި ނިންމެވުމަކީ ޚުދުމުހުތާރު ނިންމެވުމެއް ކަމަށް ސިފަކޮށް، މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމަށް ނިންމެވި ނިންމުމެއް ކަމަށް ވަނީ ބުނެފަ އެވެ. އަލްބޭނިއާގެ އިތުރުން އަންނަ އަހަރު ޖެނުއަރީގައި އެމެރިކާގައި ވެސް ޓިކްޓޮކް މަނާ ކުރާނެ ކަމަށް ބެލެވެ އެވެ.
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ކަނޑުއޮޅިން އެމެރިކާއާއި އިޒްރޭލުގެ ބޯޓުތައް މަނާކުރާ ގާނޫނެއް
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!