ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލާއެކު އޭނާގެ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އެންޖެލީނާގެ އެންމެ ފަހުގެ ފެނިލުންތަކުން އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވެ އެވެ. އެގޮތުން ހަށިގަނޑުގެ ނާރުތައް ފެންނަ ވަރަށް އޭނާ ވަނީ ހިކި އަނަރޫފަ ވެފަ އެވެ.
އެންޖެލީނާގެ ހަށިގަނޑަށް އައިސްފައިވާ މި ބޮޑު ބަދަލުގެ ފަހަތުގައި ވަނީ އޭނާގެ ޒާތީ ދިރިއުޅުމުގައި ހިނގަމުން އަންނަ ކަންކަން ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެގޮތުން ބުރެޑް ޕިޓްއާއެކު ވަރީގެ މައްސަލަ ކުރިއަށްދާއިރު އެކަނިވެރި މައެއްގެ ގޮތުގައި ވެސް ގިނަ ގޮންޖެހުންތަކަކާ އެންޖެލީނާ ކުރިމަތިލަމުން އަންނަ ކަމަށް ހަބަރުތެއް ބުނެ އެވެ.
އެންޖެލީނާގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތާމެދު އާއްމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ މި ދަނޑިވަޅުގައި އޭނާގެ ސަބަބުން ސިއްހަތަށް ނުރައްކާތެރި ޑައިޓުތައް ޕްރޮމޯޓްވާ ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންޖެލީނާ މިހާރު އަންނަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "މަރީއާ"ގެ ޕްރޮމޯޝަންތަކުގައި ބައިވެރިވަމުންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޯޓެއް އަތުލައިގަނެފި
ދަރިވަރުންގެ އަޑުން ވެސް ސައުސަންއަށް އެނގޭނެ
ޖަލްސާއަށް ކޮންމެ މިނިސްޓަރަކު 100 މީހުން ހޯދަން މަޖުބޫރުކޮށްފި