މިއަދު ހެނދުނު އައްޑޫ ސިޓީ ގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ އެވެ.
ހަންކެނޑެ ހިސާބު އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިނގި އެ އެކްސިޑެންޓްގައި ޒަހަމްވި އެމީހާ މަރުވެފައި ވަނީ ލިބުނު އަނިޔާތަކަށް އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލް ގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު އެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި އޭނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. މީގެއިތުރުން އެ އަންހެން މީހާގެ މޭކަށިގަނޑާއި ވައަތު ކޮޑު ކަޑިގަނޑުވެސް ވަނީ ބިނދިފަ އެވެ،
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނެ ކަމަށް ޖަރުމަނުން ބުނެފި
ރައީސް މުއިއްޒު ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރަނީ
