ދ. ކުޑަހުވަދޫގައި އުޅުމަށްފަހު ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެހެން ރަށަކަށް ގޮސްފައިވާ ފަރާތްތައް އަންގައިދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.
އެޗްޕީއޭއިން ބުނީ އެ ތާރީހުގެ ފަހުން ކުޑަހުވަދުއިން އެހެން ރަށަކަށް ގޮސްފައިވާ ފަރާތްތަކުން މިހާރު ހުރި ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް ވީ އެންމެ އަވަހަކަށް އަންގަންޖެހޭނެ ކަމަށެވެ.
އެ ތާރީހުގެ ފަހުން ކުޑަހުވަދުއަށް ދިއުމަށްފަހު، އަނބުރާ އެހެން ރަށަކަށް ދިޔަ ފަރާތްތަކުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ވުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
މީގެއިތުރުން އެ ތާރީހުގެ ފަހުން ކުޑަހުވަދުއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް ނުވަތަ ވިލިމާލެ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށްވެސް އެޗްޕީއޭއިން އެދިފައިވެ އެވެ.
ކުޑަހުވަދޫ އެއާޕޯޓްގައި މަސައްކަތް ކުރާ ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
އާ ބަދަލުތަކަކާއެކު ޑިޒްނީގެ ތީމް ޕާކްތަކަށް މުޅިން އާ ރަހައެއް!
"ސްޕައިޑަ މޭން: ދަ ބްރޭންޑް ނިއު ޑޭ" 2 ބިލިއަން ޑޮލަރު ކްލަބަށް!
އެމެރިކާގެ ބައެއް އުފެއްދުންތަކުން ކެނެޑާއިން ޓެރިފް ނަގަނީ
