ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު މިއަދު ނިންމާލާ ގޮތަށް ހަމަޖައްސައިފި އެވެ.
މިކަން ހާމަކުރެއްވީ މިއަދުގެ ޖަލްސާ ފައްޓަވައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެވެ. އޭނާ ވިދާޅުވީ މިދައުރު މިއަދު ނިންމަވާފައިވާތީ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ މަސައްކަތްތައް އެއްކޮށް ނިމެންދެން ޖަލްސާ ކުރިއަށްދާނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގައި ނުނިމިހުރި ގިނަ މަސައްކަތްތަކެއް ވަނީ ތާވަލުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު ހަމަވީ މިދިޔަ މަހުގެ 30 ވަނަ ދުވަހަށެވެ. ނަމަވެސް ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް މެންބަރުންގެ ވޯޓަކާއެކު މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ވަނީ ދައުރު ދަންމާލާފަ އެވެ.
މިހާރު ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރެވެ. މިއީ މިއަހަރުގެ އެންމެ ފަހު ދައުރެވެ.
"ބޮޑު އީދަށް ރިސޯޓަށް" ފުރަތަމަ ނަސީބުވެރިޔާ އިއުލާންކޮށްފި
ކުރީގެ ތިން ރަައީސުންގެ ބައްދަލުވުން ހުކުރު ދުވަހު ބާއްވަނީ
މުޒާހަރާ އިން ހައްޔަރުކުރި ލޫކަސް އާއި އިތުރު ދެ މީހަކު ބަންދު