ކުރިއަށް އޮތް ކްރިސްމަސް ޗުއްޓީއާ ދިމާކޮށް، މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝަންގެ ފައި ބިންދައިގެން ހިނގައްޖެ އެވެ.
ކިމް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ފޮޓޯއެއްގައި ބުނެފައިވަނީ ޗުއްޓީ ހޭދަކުރަން ޖެހޭނީ ބިނދިފައި އޮތް ފަޔަކާއެކު ކަމަށެވެ. އެ ފޮޓޯގައި ފެންނަނީ ކިމްގެ ފައިގައި ކަޅު ކުލައިގެ ބެންޑޭޖެއް އަޅާފައި އޮތް މަންޒަރެވެ. އެއާއެކު ހިނގަން ބޭނުންކުރާ ދަނޑިގަނޑެއް ވެސް ފޮޓޯއިން ފެނެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ކިމްގެ ފަޔަށް ވަނީ ވަރަށް ބޮޑު އަނިޔާއެއް ލިބިފަ އެވެ. އެހެން ނަމަވެސް އެ އަނިޔާ ލިބެން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެ އެވެ.
މިއީ މިއަހަރު ތެރޭގައި ކިމްއަށް މިފަދަ އަނިޔާއެއް ލިބުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ މަސްތަކެއް ކުރިން "ދަ ކާޑޭޝިއަންސް"ގައި ކިމް ވަނީ އޭނާގެ އަތުގެ އިނގިލިތައް ވެސް ބިންދައިގެން ދިޔަކަން ހާމަކޮށްފަ އެވެ.
ކާޑޭޝަން އާއިލާގެ ޗުއްޓީގެ ރޭވުންތައް އަދި ހާމަކޮށްފައި ނުވި ނަމަވެސް ކިމްއަށް ލިބުނު އަނިޔާއާއެކު އެ ރޭވުންތަކަށް ބަދަލު އަންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
އަދަދު ނޫހުގެ ވެރިންނަށް ކުރި ދައުވާ އަނބުރާ ގެންދަން ގޮވާލައިފި
"ދަ ޕޯޓަލް އޮފް ފޯސް"އާއެކު ދިޝާ ވެސް ހޮލީވުޑްއަށް!
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!