މާލެ ވޯޓާ އެންޑް ސްވެރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)، ސަރުކާރުގެ ފެން ކުންފުނިން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ހުޅުވާލައިފި އެވެ
ކެޕިޓަލް މާކެޓަށް މި ބޮންޑު ނެރެދިނުމުގައި މަސައްކަތް ކުރި ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ބުނި ގޮތުގައި، މި ބޮންޑު ވިއްކުމަށް ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ.
މިގޮތުން، އެމްޑަބްލިޔުއެސްސީގެ ވިޔަނި ޕޯޓަލް މެދުވެރިކޮށް، އިންވެސްޓުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވަނީ 200 މިލިއަން ރުފިޔާގެ ބޮންޑަކަށެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް އިޝޫ ކުރާ މި ބޮންޑުގައި އިންވެސްޓުކުރާ ފަރާތްތަކަށް 7.5 ޕަސެންޓުގެ އިންޓަރެސްޓި ލިބޭނެކަމަށް ފަސްޓް ނޭޝަނަލުން ބުންޏެވެ.
ފަސްޓް ނޭޝަނަލް އިން ބުނީ، މި ބޮންޑު ވިއްކުމުގެ މަގުސަދަކީ އެމްޑަބްލިއުއެސްސީން ހިންގާ މަޝްރޫއުތަކާ ވިޔަފާރިތަކަށް ފައިނޭންސް ހޯދުން ކަމަށެވެ. އޭގެތެރޭގައި، ފެނާއި ނަރުދަމާގެ ޚިދުމަތަށް ބޭނުންވާ އިންވެސްޓުމަންޓުތަކާއި މިހާރު އަތޮޅުތަކުގައި ކުރިއަށް ގެންދާ ނަރުދަމާގެ މަޝްރޫއުތައް އަވަސްކުރުމުގެ އިތުރުން، ކުންފުނިން އުފައްދާ ބައެއް ސާމާނުގެ ވިޔަފާރި ފުޅާ ކުރުން ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
އިންތިހާބާ ދިމާކޮށް ހިޔާ ފްލެޓްގެ ޖޫރިމަނާތައް މާފްކޮށްދީފި
މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19،527.90ރ. ކަމަށް ކަނޑައަޅައިފި
ބީއެމްއެލް އިން ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ދެނީ