ކ. ބޮލިފުށި ރިސޯޓް ހިންގުމުގެ މައްސަލާގައި ޖުމެއިރާއަށް ސުޕްރީމް ކޯޓުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ޖުމެއިރާ ވިއްޓަވެލިގެ ނަމުގައި ބޮލިފުށި ރިސޯޓް ޖުމެއިރާއިން ހިންގަމުން ދަނިކޮށް އެރަށުގެ ސަބް ލީސް ހޯލްޑަރު ކަމަށްވާ އެސްޕީއެޗް އިން މިދިޔަ އަހަރު އެ އެއްބަސްވުން ބާތިލްކޮށް، ޖުމެއިރާ އަތުން ރިސޯޓް ހިންގުން ވަނީ އަތުލައިފަ އެވެ.
އެ މައްސަލަ ސިންގަޕޫރު އާބިޓްރޭޝަނަށް ޖުމެއިރާއިން ހުށަހަޅާފައިވާތީ ހައި ކޯޓުން މިދިޔަ ޑިސެމްބަރު މަހު އެންގީ އާބިޓްރޭޝަންގެ މައްސަލަ ނިމެންދެން ޖުމެއިރާއަށް އެ ރިސޯޓް ހިންގުމުގެ ފުރުސަތު ދިނުމަށެވެ. އެ އަމުރު އައިއިރު އެސްޕީއެޗުން އޮތީ ބޮލިފުށި ރިސޯޓް ހިންގުން އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްއަށް ދީފަ އެވެ. ބޮލިފުށި މިހާރު ހިންގަމުންދަނީ އޮޒެން ރިވާޒް ބޮލިފުށިގެ ނަމުގަ އެވެ.
ހައި ކޯޓުގެ ވަގުތީ އަމުރު އެސްޕީއެޗް އިން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޖުމެއިރާއިން އެދޭ ފަދަ ވަގުތީ އަމުރެއް ނެރުމުން ޖުމެއިރާއަށް ލިބޭ ގެއްލުމަށް ވުރެ އެސްޕީއެޗަށް ލިބޭ ގެއްލުން މާ ބޮޑު ކަމަށެވެ. އަދި އެއްބަސްވުން ބާތިލް ކުރިތާ ހަ މަސް ފަހުން ކުރީގެ ހާލަތަށް އަނބުރާ ރުޖޫއަ ކުރުމަކީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ހިނގަމުންދާތީ ހައި ކޯޓުގެ ވަގުތީ އަމުރަށް އަމަލުކުރުން ސުޕްރީމް ކޯޓުން އޮތީ ހުއްޓުވައިފަ އެވެ.
ޖަނާގެ ބޭންކް ހުޅުވުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔަނީ
ކަސްޓަމްސްއަށް 26 އޮފިސަރުން ހޯދަނީ
މި ސަރުކާރުގައި ކުންފުނިތަކަށް 4،938 މުވައްޒަފުން އިތުރުކޮށްފި