އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރިޓަޔާކުރާ ސަރުކާރު މުވައްޒަފުންނަށް މަހުން މަހަށް ދޭ ރިޓަޔަމަންޓް އެލަވަންސް ނުދޭން ފިނޭންސް މިނިސްޓްރީން އަންގާފައިވާ އެންގުން ބަދަލުކުރަން ނިންމާފައި އެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުން ފިނޭންސް މިނިސްޓަރު އަދި ނޭޝަނަލް ޕޭ ކޮމިޝަންގެ ރައީސް މޫސާ ޒަމީރު ސަރުކާރުގެ އިދާރާތަކަށް ފޮނުވާފައިވާ ސާކިއުލާ އަނބުރާ ގެންނަން ރައީސް މުއިއްޒު ވަނީ އަންގަވާފަ އެވެ.
ސަރުކާރުގެ އިގްތިސާދީ ރިފޯމް އެޖެންޑާގެ ދަށުން އެ ފިޔަވަޅު އަޅަން ނިންމައި ފިނޭންސް މިނިސްޓަރު އަދި ޕޭ ކޮމިޝަނުގެ ރައީސް މޫސާ ޒަމީރު ސޮއިކުރައްވައި މިދިޔަ ހަފްތާ އިދާރާތަކަށް ފޮނުއްވި ސިޓީއެއްގައި، ދައުލަތުގެ ވަޒީފާ އިން އަލަށް މުސްކުޅިކުރާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އިނާޔަތް އަންނަ ޖެނުއަރީން ފެށިގެން ހުއްޓާލަން ނިންމާފައިވާކަން ވަނީ އަންގަވައިފަ އެވެ.
ނަމަވެސް މިއަދު އަނެއްކާވެސް ސަރުކާރުން ވަނީ ކުރިން ނިންމި ނިންމުން އަނބުރާ ގެންގޮސް ކުރިން ފޮނުވި ސިޓީ ބާތިލްކޮށް އެކަން
މި އަހަރަށް ފާސްކުރި ބަޖެޓުގައި ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، ރިޓަޔަމަންޓް އިނާޔަތުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ފައިސާ ދެމުން، ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަމުން، މުސާރަ ދިނުމަކީ ޕެންޝަންގެ މަޤްޞަދާ ފުށުއަރާ، އަދި މަދު ބަޔަކަށް ދައުލަތުގެ ބަޖެޓުން ތަކުރާރުކޮށް ޕެންޝަނަށް ޚަރަދު ހިނގާ އުސޫލުތަކެކެވެ.
			ޝާހްރުކް ޚާންއަށް 60 އަހަރު!
		
			މަމްދާނީއަށް ވޯޓު ނުދީ ކޫމޯއަށް ވޯޓު ދޭން ޓްރަމްޕް އެދެފި
		
								
								
					
					
					
					
					
					
					
					
					
					
					
މީއެއްވެސް އެއްޗެއް އެގިގެން ވެރިކަމަށް އައިބައެއް ނޫންކަން ދިވެހިރައްޔިތުންނަށް ވަރަށްސާފު ވެއްޖެ ރިޓަޔާވާ މުވައްޒަފުންނަށް އެލަވަންސް ނުދޭން ނިންމާއިރު އެމީހުންރިޓަޔާވަންދެން އެމީހުންގެ މުސާރައިން ވަކި ޕަސަންޓެއް ރިޓަޔާމަންޓް ސްކީމިކަށް ކަޑަމުންދާކަން ނޭގޭ ބައެއްތަ މީ
މުސްކުޅި ވުން ވެސް މަނާ