މަންމައަށް އަނިޔާކޮށް މަންމަ އަތުން ގަދަކަމުން ފައިސާ ހޯދަން އުޅުމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާ މަންމަ އަތުން ގަދަކަމުން ފައިސާ ހޯދަން، މަންމަ ގައިގައި ތަޅައި އަނިޔާކުރި ކަމަށް ސީނަށް ދިޔަ ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. އެ މީހާ މީގެ ކުރިން ވެސް މަންމައަށް އަނިޔާކޮށްފައިވާތީ، ފެމިލީ ކޯޓުން ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް ވެސް ނެރެފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
އޭނާ މި ބާވަތުގެ ކުށްތަކަށް ތަކުރާރުކޮށް އަރައިގެންފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. އޭނާ ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އެ މީހާ ހަތް ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
އެ މީހާގެ މައްޗަށް، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް ފެމިލީ ކޯޓުންވަނީ ކުރިންވެސް ނެރެފަ އެވެ.
ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް ހަރުކަށި އަދަބު ދޭނަން
އެޕްސްޓީން ފައިލް ތަކުން ހާމަވި ބިރުވެރި ބައެއް ހަގީގަތްތައް!
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި