އެންމެ ތުއްތު އިރުއްސުރެ ވެސް އެހެން މީހުންނަށް ވުރެ ނިޔަފަތިތައް ކުދި މީހުން އުޅެ އެވެ. ކުޑައިރު ގަބޫލު ކުރެވިފައި އޮންނަނީ އެއީ ނިޔަފަތި ކެއުމުގެ ނަތީޖާ ކަމުގަ އެވެ.
އެހެން ނަމަވެސް ދިވެހިންގެ ތެރޭގައި ވެސް އާއްމު މިކަމަކީ ބައްޔެއްގެ ސަބަބުން ދިމާވާ ކަމެއްކަން އެނގޭ މީހަކު އަހަރުމެންގެ ތެރޭގައި މަދުވާނެ އެވެ.
އެނޮނީޗިއާއަކީ އާއިލީ ގޮތުން ވާރުތަވާ ޖެނެޓިކް ބައްޔެކެވެ. މި ބަލީގައި އަތާފައިގެ އެކެއް ނުވަތަ އެއަށް ވުރެ ގިނަ ނިޔަފައްޗަށް އަސަރުކުރެ އެވެ.
މި ބަލީގެ ސަބަބުން އެއްބައެއްގެ ނިޔަފަތި ދިގުވުން ހުއްޓޭއިރު އަނެއް ބައެއްގެ ނިޔަފަތި އުފެދިފައި ވެސް ނުހުރެ އެވެ. މިއީ މި ބަލީގެ ދެ ވައްތަރެކެވެ.
މީގެ އިތުރުން ނިޔަފަތީގެ ކަން ވަނުމާއި ނިޔަފަތި ފަސޭހައިން ބިންދައިގެން ދިއުމަކީ ވެސް މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މި ބައްޔަށް ދާއިމީ ފަރުވާއެއް އަދި ހޯދިފައި ނުވި ނަމަވެސް ނިޔަފަތިތަކަށް ފަރުވާތެރިވެ ރަނގަޅަށް ބެލެހެއްޓުމަކީ ބަލީގެ އަސަރު ކުޑަ ކުރެވޭނެ ކަމެކެވެ.
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
ރާއްޖޭގެ ޑީޖީޕީ މިއަހަރު ހުންނާނީ 1 ޕަސެންޓްގައި: އައިއެމްްއެފް