ފާއިތުވި މަހު ކުއްލި ގޮތަކަށް މަރުވި މަޝްހޫރު ބޭންޑް "ވަން ޑިރެކްޝަން"ގެ މެމްބަރު ލިއަމް ޕޭންގެ ޖަނާޒާ ބުދަ ދުވަހު ބާއްވައިފި އެވެ.
ހުޅަނގު އިނގިރޭސި ވިލާތުގައި ބުދަ ދުވަހު ހެނދުނު ބޭއްވި ލިއަ ޖަނާޒާގައި ބައިވެރި ވެފައިވަނީ އޭނާގެ އާއިލާގެ އިތުރުން ގާތް ރަހުމަތްތެރިން އެކަންޏެވެ. އެގޮތުން އޭނާއާއެކު ވަން ޑިރެކްޝަންގައި ހަރަކާތްތެރިވި އެެ ބޭންޑްގެ އެހެން މެމްބަރުން ކަމަށްވާ ހެރީ ސްޓައިލްސް، ނިއެލް ހޯރަން، ލުއިސް ޓޮމްސަން އަދި ޒޭން މަލިކް ވެސް އެ ޖަނާޒާއިން ފެނިގެންދިޔަ އެވެ.
މިއީ 2016 ވަނަ އަހަރު "ވަން ޑިރެކްޝަން" ރޫޅުނު ފަހުން އެ ތަރިން އެކުގައި ފެނިގެންދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.
ލިއަމްގެ ޖަނާޒާ ބާއްވާފައިވާއިރު މީގެ އަހަރުތަކެއް ކުރިން "އަހަރެން މަރުވެއްޖެނަމަ ޖަނާޒާއަށް އަންނާނަންތޯ" ބުނެ ލިއަމް ކޮށްފައިވާ ޓުވީޓެއް އަންނަނީ ދައުރުވަމުންނެވެ.
ލިއަމް މަރުވެފައިވަނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އާޖެންޓީނާގައި އޭނާ ހުރި ހޮޓަލުގެ ތިންވަނަ ފަންގިފިލާގެ ބެލްކަންޏަކުން ވެއްޓިގެންނެވެ.
އެ ހާދިސާގައި އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު އެމަޖެންސީ ހެލްތު ވޯކަރުން ވަނީ ވަގުތުން އޭނާ މަރުވެފައިވާކަން އިއުލާން ކޮށްފަ އެވެ.
ބޮލީވުޑްގެ މި ތަރިންގެ ފުރަތަމަ މުސާރަ އެނގޭތަ؟
މެޗު ވިއްކަން އެއްބަސްވި 17 ރެފްރީއަކު ހައްޔަރުކުރަނީ
ބްރެޑް އަނެއްކާ ވެސް އެންޖެލީނާއަށް ދައުވާ ކޮށްފި