މާލެ ސަރަހައްދުގައި ހިމެނޭ ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި އެއް ކަރަންޓު ވިއުގައަކުން ގުޅާލުމުގެ މަޝްރޫއު ޗައިނާގެ ޓީބީއީއޭ ގްރޫޕާ މިއަދު ހަވާލުކޮށްފި އެވެ.
މިކަމާ ގުޅިގެން ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި އެއްބަސްވުމުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނަކުން ގުޅާލާނެކަމަށެވެ. މި ނެޓްވޯކުގެ ސަބަބުން އެ ސަރަހައްދުގެ ކަރަންޓު ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދެވޭނެކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ ސަރަހައްދަށް އެކަށީގެންވާ ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް 150 މެގަވޮޓްގެ ޑުއަލް ފިއުލް ޕަވާ ޕްލާންޓެއް ގާއިމްކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ސްޓެލްކޯއިން ބުނީ މި މަސައްކަތް ކުރިއަށް ގެންދާނީ ތިމާވެއްޓާ ރަހުމަތްތެރި ދެމެހެއްޓެނިވި ގޮތަކަށް ކަމަށެވެ. ސްޓެލްކޯއިން ގާއިމްކުރާ ފިއުލް ޕަވާ ޕްލާންޓުން ތެލާއި ގޭސް ބޭނުންކޮށްގެން ކަރަންޓު އުފެއްދޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
ހިކަނދިފަތް ނުކައި އުކާލުމުގެ ކުރިން ވިސްނާލާ!