ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލަގެޖު އުފުލާ ވެހިކަލެއް ދުއްވި މީހަކު މިއަދު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އެއާޕޯޓް ލަގެޖު އުފުލާ ވެހިކަލެއް ދުއްވާފައިދަނިކޮށް، ލައިޓާއި ކެމެރާ ހަރުކޮށްފައިހުރި ސްޓްރަކްޗާގެ ބުޑުގަނަޑުގައިޖެހި ހާދިސާއެއް ހިނގި ކަމަށެވެ.
ނިޔާވެފައިވަނީ 45 އަހަރުގެ ދިވެހި ފިރެހެނެކެވެ.
ކްލިނިކަށް ހަވާލާދީ ފުލުހުން ބުނީ ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށެވެ. އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ބަލައި ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދިން ކަމަށްވެސް ފުލުހުން ބުންޏެވެ.
އެމީހާ ސްޓްރަކްޗާގައި ޖެހިފައިވަނީ ސިއްހީ ހާލަތެއް މެދުވެރިވެގެން ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ރާއްޖެއިން މަސްދަޅު އެކްސްޕޯޓް ކުރިވަރު ދަށްވެއްޖެ
ނާސްތާ ދޫކޮށްލުމަކީ "އިންޓަމިޓެންޓް ފާސްޓިން" އެއް ނޫން!
މީރާއަށް ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު އާމްދަނީ ދަށް