ސައިކަލެއްގެ މަޑިދަށުން 400،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލާދޭޝް މީހެއް ކަމަށްވާ 45 އަހަރުގެ ޖަހަންގިރް އާލަމް އެވެ. އިއްޔެ އޮތް ޝަރީއަތުގެ މަޖިލީހުގައި އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން 15 ދުވަސް ވަނީ ޖަހާފަ އެވެ.
ކޯޓު ޝަރީއަތުގައި ފުލުހުން ބުނީ ސައިކަލްގެ މަޑިދަށުން 442،750ރ. ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. މިކަން ކުރި ކަމަށް ޖަހަންގިރް އިންކާރުކޮށްފައި ވާއިރު، އޭނާ އެކަން ކުރި ކަމަށް ބެލެވޭ ހެއްކާއި ގަރީނާ ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ޖަހަންގިރާ ދެކޮޅަށް ހުށަހެޅި ހެކީގެ ތެރޭގައި ސީސީޓީވީ ފުޓޭޖާއި ފައިސާގެ ވެރިފަރާތުގެ ބަޔާން ހިމެނެ އެވެ.
މި މައްސަލައާ ގުޅޭ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ޑްރަގް އެތެރެ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ސުންނީ ނުވަތަ ޝީއާ މުސްލިމުންނޭ ކިޔަނީ ބައިބައި ކުރަން: މައުމޫން
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ