ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން، އަންހެން އަދި ފިރިހެން ހަތަރެއް ގުނަ ސަތޭކަ މީޓަރު ރިލޭއިން ރަންވަންލޯ މެޑަލް (ބްރޯންޒް މެޑަލް) ހާސިލްކޮށް، ގައުމަށް ހޯދައިދިން ރީތިނަން ފާހަގަކުރައްވައި އެ ފަރާތްތަކަށް ރައީސް މުހައްމަދު މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މަރުޙަބާ ވިދާޅުވީ ރޭ މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސްގެ ޕޯސްޓުގައި އެމަނިކުފާނު ވަނީ ދިވެހި ޒުވާން އެތުލީޓުން ބްރޯންޒް މެޑަލް ހާސިލްކޮށް، ދެއްކި ހުނަރާ ހިތްވަރަށް ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ ހާމަކުރައްވާ ސާބަސް ދެއްވައިފަ އެވެ.
ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށްދިޔައީ އިންޑިއާގެ ޗެންނާއީގައި މިމަހުގެ 11އިން 13އަށެވެ. މި މުބާރާތުގައި ދިވެހި ޒުވާން އެތުލެޓިކްސް ޓީމުން، އަންހެން އަދި ފިރިހެން 100 މީޓަރު ރިލޭއިން ރަންވަންލޯ މެޑަލް ހޯދީ ރާއްޖޭގެ ޖޫނިއާ އުމުރުފުރާގެ އައު ރެކޯޑަކާއިއެކު އެވެ.
މި ފަހަރުގެ ދެކުނު އޭޝިއާގެ ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި ރާއްޖެއިން 16 އެތުލީޓުން ވަނީ ވާދަކޮށްފަ އެވެ. އެއީ އަށް އަންހެން އެތުލީޓުންނާއި އަށް ފިރިހެން އެތުލީޓުންނެވެ.
މެޓް ގާލާއިން ޕްރިޔަންކާ ނުފެންނާނެ ސަބަބު!
މެޓް ގާލާ 2026: ކަރަންގެ ފުރަތަމަ ފެނިލުމަށް ތައުރީފު އޮހެނީ!
ގުދުރަތީ މާހައުލެއްގައި 20 މިނެޓު ހޭދަ ކުރުމުން ގިނަ ފައިދާތަކެއް