ކާޑޭޝަންއާއި ޖެނާ އާއިލާއަކީ އިތުރު ތައާރަފަކަށް ބޭނުންވާނެ އާއިލާއެއް ނޫނެވެ. އެ އާއިލާގައި ކާމިޔާބު އެތައް މޮޑެލުންނެއް މިހާރުވެސް ހިމެނޭއިރު އަނެއްކާވެސް މިވަނީ އެ އާއިލާއިން އިތުރު މެމްބަރެއް ތައާރަފްވެފަ އެވެ.
ރޮބް ކާޑޭޝަންއާއި ބްލެކް ޗީނާގެ ދަރިފުޅު ޑްރީމް ކާޑޭޝަންގެ އުމުރުން އެންމެ ހަތް އަހަރުގައި މިވަނީ ރަންވޭގެ މޮޑެލްއަކަށްވެފަ އެވެ.
މީގެ ދެ ދުވަސް ކުރިން އޮތް ނިއުޔޯކް ފެޝަން ވީކުގެ ރެޑް ކާޕެޓްގައި ޑްރީމް އޭނާގެ ހުނަރުތައް ދައްކާލިއިރު އޭނާގެ މަންމަ ދުރުގައި ބަލަން ހުއްޓެވެ.
ޑްރީމް ފަދައިން ކާޑޭޝަން އާއިލާގެ އާ ޖީލުގެ މެމްބަރުން އަންނަނީ ވަރަށް ހަގު އުމުރުގައި މޮޑެލިންގެ ދާއިރާއަށް ނުކުންނަމުންނެވެ. އެގޮތުން ޑްރީމްގެ ބޮޑުދައިތަ ކިމް ކާޑޭޝަންއާއި އޭނާގެ ފިރިމީހާ ކާންޔޭ ވެސްޓްގެ ދަރިފުޅު ނޯތު ވެސްޓް މޮޑެލިންއަށް ނުކުތީ އުމުރުން ފަސް އަހަރުގަ އެވެ.
ރަންވޭ މޮޑެލިންއަށް ވަނުމުގެ ކުރިން ޑްރީމް ވަނީ އޭނާގެ މާމަ ކްރިސް ޖެނާއާއެކު ބައެއް އިޝްތިހާރު ތަކުގައި ފެނިގެން ގޮސްފަ އެވެ.
މޮޑެލްއެއްގެ ގޮތުގައި ޑްރީމްގެ ފުރަތަމަ ފެނިލުން ފެނިފައިވާއިރު އެ އާއިލާގެ އެހެން މެމްބަރުންނެކޭ އެއްފަދައިން ޑްރީމްއަށް ވެސް ބޮޑު ކާމިޔާބީތަކެއް ލިބޭނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އުނދަގޫ ނަމަވެސް ހަމަޖެހޭ ދިރިއުޅުމަކަށް މުހިއްމު 5 އާދައެއް!
ލަވަތަކުގައި އޮޓޯ ޓިއުން ބޭނުންކުރާ ކަމަށް ސޯނޫ އެއްބަސްވެއްޖެ
ހެނދުނު ކޮފީއަށްފަހު ހިތް އަވަސް ވޭތަ؟ ސަމާލުވާންވީ 6 ކަމެއް!