ފުވައްމުލަކުގައި ހިންގަމުން ދިޔަ ކާފިއު އުވާލާ މޮނީޓަރިންގެ ހާލަތުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެފްއީއޯސީ) ބުނީ އެ ރަށުގައި އިއުލާންކޮށްފައިވާ ކާފިއު އުވާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މޮނީޓަރިންގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.
އެފްއޯއީސީން ބުނީ ކާފިއު އުވާލިޔަސް އަޅާފައިވާ އެހެނިހެން ފިޔަވަޅުތަކަށް އަދިވެސް އަމަލުކުރަމުންދާނެ ކަމަށެވެ.
ފުވައްމުލަކުން މިހާތަނަށް ޖުމްލަ 51 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މީގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 19 ކޭސްއެއް އުޅޭއިރު 51 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ.
ފާއިތުވެދިޔަ ދެ ދުވަހު އެ ރަށުން އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.
މަކަރާއި ހީލަތުގެ މައްސަލައެއްގައި ސަލްމާންއާއި އަލްވީރާ ކޯޓަށް!
އެކުވެރިން ހޯދަން އުނދަގޫވާ ކުދިންނަށް އެހީވާނީ ކިހިނެއް؟
އާވާރާޕަން 2: ބަދަލު ހިފުމުގެ ރޫހާއެކު އިމްރާން ހަޝްމީ އަންނަނީ!
