ސުޝާންތު ސިންހް ރާޖްޕުތުގެ މަރުގެ ތުހުމަތުގައި އޭރު އޭނާގެ ބައިވެރިޔާ ކަމަށް ބުނެވޭ ރިއާ ޗަކްރޮބޮތީ ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރި އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖަލުގައި ހޭދަކުރި ދުވަސްތަކުގެ ތަޖުރިބާ ހިއްސާ ކުރަމުން ރިއާ ބުނީ އެއީ ވަރަށް ކަޅު އަނދިރި ދުވަސްތަކެއް ކަމަށެވެ. އަދި ޖަލުގެ މާހައުލަކީ ވަރަށް ތަފާތު މާހައުލެއް ކަމަށާއި އެ މާހައުލުގައި ގައިދީންނަށް ތަފާތު އިހުސާސެއް ނުކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"ޖަލުގައި ކޮންމެ މީހަކީ ވެސް ނަމްބަރެއް. އަމިއްލަވަންތަކަމުގެ އެއްވެސް ކަމެއް ނޯވޭ. އެއީ ވަރަށް ތަފާތު އިހުސާސެއް،" ރިއާ ބުންޏެވެ.
ރިއާ ވަނީ އޭނާ ޖަލުގައި ހޭދަކުރި ދުވަސްތަކުގައި ޖަލުގައި ތިބި އެހެން ގައިދީންނަށް ނެށުމާއި ޔޯގާ އަދި ލަވަކިޔުން ފަދަ ކަންކަން ދަސްކޮށްދީފަ އެވެ.
ސުޝާންތުގެ މަރާ ގުޅިގެން ހިންގުނު ތަހުގީގުން ޑްރަގުގެ މައްސަލައެއް ފެންމަތިވެ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ރިއާ ހައްޔަރުކުރީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ހަށިގަނޑުން ދޭ މި އިންޒާރުތަކަށް ނަމަނަމަ ފަރުވާ ކުޑަ ނުކުރާތި!
އައިފޯން 18 ޕްރޯއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ލީކްވެއްޖެ
ފަހު ވަގުތު މާޓިނެލީ ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް