ނުވަދިހައިގެ އަހަރުތަކުގައި މަޝްހޫރުވި ރޮކް ބޭންޑް އޮއޭސިސްއިން އެ ބޭންޑުގެ އެނބުރި އައުން އިއުލާން ކޮށްފައިވާއިރު އެ ކޮންސެޓްތަކަށް ޓިކެޓް ގަންނަ މީހުން އިތުރުވެ ބޭންޑްގެ ވެބްސައިޓް "ޑައުން" ވެއްޖެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އެ ކޮންސެޓްތަކަށް ޓިކެޓް ގަންނަ މީހުން އިތުރުވުމުން ވެބްސައިޓަށް ޓްރެފިކް ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން ވެބްސައިޓް ޑައުންވީ އެވެ.
އިނގިރޭސި ވިލާތުގެ އެކި ސަރަހައްދުގައި ކޮންސެޓް ބާއްވާނެކަން އޮއޭސިސްގެ ލީޑު ދެ މެމްބަރުން ކަމަށްވާ ލިއަމް އާއި ނޮއެލް އިއުލާން ކުރުމާއެކު އެ ބޭންޑަށް ސަޕޯޓުކުރި ގިނަ ބަޔަކު ވަނީ އުފާ ފާޅުކޮށްފަ އެވެ.
އެެހެން ނަމަވެސް ވެބްސައިޓް ޑައުންވެ ޓިކެޓު ގަތުމުގައި ދަތިތަކެއް ކުރިމަތިވުމުން ގިނަ ބަޔަކު އަންނަނީ ނުރުހުން ވެސް ފާޅު ކުރަމުންނެވެ.
އަންނަ އަހަރު ޑަބްލިންއިން ފަށާ ކޮންސެޓުތައް އިނގިރޭސި ވިލާތުގެ އެހެން ސަރަހައްދުތައް ކަމަށްވާ ލަންޑަން، ކާޑިފް، އެޑިންބަރާ އަދި މެންޗެސްޓާގައި ވެސް ކުރިއަށްދާނެ އެވެ.
އޮއޭސިސްގެ މި ފެނިލުމަކީ މީގެ 15 އަހަރު ކުރިން 2009 ގައި އެ ބޭންޑު ރޫޅުނު ފަހުން އެ ބޭންޑުގެ މެމްބަރުން އެކުގައި ފެންނާނެ ފުރަތަމަ ފަހަރެވެ.
ޖެނިފާއާއި ރީސްގެ އެކުވެރިކަމުގައި ކުނި ޖެހުނީ ކީއްވެ؟
ތާޕްސީ ޑިގްރީ ހާސިލްކުރީ ކޮން ދާއިރާއަކުން؟
ވަގުތު ހަމަވިއިރު ވޯޓު ލީ އެންމެ 35 އިންސައްތަ މީހުން