އިނގިރޭސި ވިލާތުގެ މަޝްހޫރު ރޮކް ބޭންޑެއް ކަމަށްވާ "އޮއޭސިސް" 15 އަހަރަށްފަހު އަނބުރާ އަންނަން ނިންމައި ޓުއާ އިއުލާން ކޮށްފި އެވެ.
އެގޮތުން 2025 ވަނަ އަހަރު އިނގިރޭސި ވިލާތުގެ އެކި ސަރަހައްދުތަކުގައި ފަސް ކޮންސެޓެއް ދޭން ހަމަޖެހިފައިވާ ކަމަށް އެ ބޭންޑުން ބުނެ އެވެ.
މީގެ 30 އަހަރު ކުރިން އުފެދުނު އެ ބޭންޑް 2009 ވަނަ އަހަރު ރޫޅުނީ ބޭންޑުގެ މެމްބަރުންގެ ގޮތުގައި އުޅުނު ދެބެއިންގެ މެދުގައި އުފެދުނު ނުތަނަވަސްކަމެއްގެ ސަބަބުންނެވެ.
އޮއޭސިސް އެނބުރި އައުމުގެ ފުރަތަމަ ޝޯ އަންނަ އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ތާވަލު ކުރެވިފައިވާއިރު ޝޯގެ ޓިކެޓުތައް ހޮނިހިރު ދުވަހު ވިއްކަން ފަށާނެ އެވެ.
އޮއޭސިސްގެ އެނބުރި އައުން އިއުލާން ކުރެވިފައި ވީނަމަވެސް އެ ބޭންޑު ރޫޅުނުއިރު ބޭންޑުގައި ތިބި ހުރިހާ މެމްބަރުން ފެންނާނެ ކަމެއް ޔަގީނެއް ނުވެ އެވެ.
އެ ބޭންޑަކީ 1990ގެ އަހަރުތަކުގައި އެންމެ މަގުބޫލުވި އެއް ބޭންޑަށްވާއިރު އެ ބޭންޑު ރޫޅުމުން މާޔޫސްވި ގިނަ ސަޕޯޓަރުންނަށް މިއީ ރަނުގެ ފުރުސަތެކެވެ.
މޫސުން ގޯސްވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިއްޖެ
ކުރީގެ މަޖިލިސް މެންބަރު ރާމިޒު އަވަހާރަވެއްޖެ
ބްލޭކް އާއި ޖަސްޓިންގެ ކޯޅުން އަދިވެސް ކުރިއަށް!