ހުޅުމާލޭގެ ސްޕާއެއްގައި މަސައްކަތް ކުރާ އަންހެނެއްގެ ގައިގައި ކަޓަރުއަޅާ ފޭރިގެންފި އެވެ.
ފުލުހުން ބުނީ ރޭ ފަތިހުގެ ވަގުތެއްގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ސްޕާއެއްގައި މަސައްކަތް ކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރުއަޅާ ބިރުދައްކައި، ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
ވައްކަކުރުމާއި، މަކަރާއި ހީލަތް ހަދައިގެން ފައިސާ ހޯދުން އަދި ބިރުދައްކައިގެ ފޭރުމުގެ މައްސަލަތަށް މާލެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ޝާހިލްގެ ޖަލު ހުކުމް، ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
ޑައިވިންއަށް ދިޔަ އިޓަލީގެ އެކަކު މަރުވެ، އިތުރު 4 މީހަކު ހޯދަނީ
އެންޖެލީނާއާ ބައްދަލު ކުރަން އޭނާގެ ބައްޕަ އާދޭސް ކުރަނީ!